logo
MPL

MPL

ޚަބަރު

ރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޯގަސްޓު 2026 - 11:47
---
---

ރިސޯޓު ކުއްޔާއި އެއާ ގުޅިގެން އަރާފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުން އަންނަ ތަންތަނާއި، އެ މިނިސްޓްރީގެ ހުއްދަ ނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން، ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކާ ހަލާސްކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ. ނަމަވެސް، ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅާނީ ސީދާ ކޮން ފިޔަވަޅެއް ކަމެއް މިނިސްޓްރީގެ އިއުލާނުގައި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތަކުން ސަރުކާރަށް ކުލި ދައްކަމުން އަންނަނީ ކޮންމެ އަހަރެއްގެ ކުލި ހަތަރު ކުއާޓަރަށް ބަހާލައިގެންނެވެ. އެހެންކަމުން ކުލި ދައްކަން ޖެހޭ މުއްދަތު ކޮންމެ ކުއާޓަރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަވާނެއެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު ކުލި ނުދައްކާ ވޭތުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަމުންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސަންޓް ތިބީ ގެސްޓްހައުސްތަކުގައިޚަބަރު | 2 ގަޑިއިރު ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 2 ދުވަސް ކުރިންސެޕްޓެންބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،800 އަށް ވުރެ ގިނަ ފަތުރުވެރިންޚަބަރު | 3 ދުވަސް ކުރިންއިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު 7 ވަނަ ފަހަރަށް ރާއްޖެއަށްޚަބަރު | 8 ދުވަސް ކުރިން