logo
MPL

MPL

ޚަބަރު

އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު 7 ވަނަ ފަހަރަށް ރާއްޖެއަށް

އަޙުމަދު ރިޝާން
28 ސެޕްޓެމްބަރު 2026 - 05:34
އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު 7 ވަނަ ފަހަރަށް ރާއްޖެއަށް

އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު 7 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ކްރޮސް ރޯޑްސްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ މި ކާމިޔާބީތައް އިއުލާނުކޮށްފައެވެ. މިގޮތުން "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ 2026" ގެ ނަމުގައި ބޭއްވި މި ހަފްލާގައި، ޖެހިޖެހިގެން 7 ވަނަ ފަހަރަށް ރާއްޖެއަށް ވަނީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ ޝަރަފު ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެވޯޑު ހަފްލާގައި މައިގަނޑު 5 ދާއިރާއަކުން ރާއްޖެއިން އެވޯޑު ހާސިލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑައިވިން، ގްރީން ޑެސްޓިނޭޝަން، އަދި ހަނީމޫން ޑެސްޓިނޭޝަންގެ އިތުރުން ވިޒިޓް މޯލްޑިވްސްއަށް ލިބުނު އިންޑިއަން އޯޝަންސް ލީޑިންގ ޓޫރިސްޓް ބޯޑުގެ ލަޤަބު ހިމެނެއެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާ މަދަނީ އުދުހުންތާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. އަދި ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން މި ހަފްލާގައި ބައިވެރިވެފައިވެއެވެ.

މި ފަހުރުވެރި ކާމިޔާބީއާއެކު، ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މަގާމު އިތުރަށް ވަރުގަދަވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ ނަން އަނެއްކާވެސް ފާހަގަކުރެވިގެން ގޮސްފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 14 ދުވަސް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | މަހެއް ކުރިން