logo
MPL

MPL

ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2026 - 03:47
ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: ވީއައިއޭ
ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: ވީއައިއޭ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެޅުނު ހިޔަނިން އަރައިގަނެވި، މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 16.1 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކާއެކު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ސަރުކާރާއި މި ދާއިރާގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތުން މިހާރު މިވަނީ ބޮޑު ކުރިއެރުމެއް ހޯދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް 147,201 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރާތްކުރި 126,830 ފަތުރުވެރިންނާ އަޅާބަލާއިރު 16.1 އިންސައްތައިގެ ކުރިއެރުމެކެވެ.

މިމަހު ފަތުރުވެރިން ޒިޔާރާތްކުރި މިންވަރު ބޮޑުތަނުން މައްޗަށް ގޮސްފައިވީ ނަމަވެސް، މުޅި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު އަދިވެސް އުޅެނީ މިދިޔަ އަހަރަށްވުރެ 1.8 އިންސައްތަ ދަށުގައެވެ. އެގޮތުން އަހަރުގެ މިހާތަނަށް 1,750,222 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 1,782,523 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 ގައުމު

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޗައިނާއިންނެވެ. މާކެޓްގެ ގަދަ ފަސް ގައުމަކީ:

ޗައިނާ: 326,741 ފަތުރުވެރިން

ރަޝިއާ: 248,739 ފަތުރުވެރިން

އިނގިރޭސިވިލާތް: 131,996 ފަތުރުވެރިން

ޖަރުމަނުވިލާތް: 115,814 ފަތުރުވެރިން

އިޓަލީވިލާތް: 103,504 ފަތުރުވެރިން

މިއަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ ޖުމްލަ 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް ބުރޫއެރި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި އަދަދުތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. އަދި މި ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އިތުރު 7 އެއާލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 18 މިނިޓު ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | 14 ދުވަސް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | 18 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 22 ދުވަސް ކުރިން