މިމަހުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
19 ނޮވެމްބަރު 2026 - 08:37

މިމަހުގެ މިހާތަނަށް ރާއްޖެއަށް 103,778 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.7 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 110,137 ފަތުރުވެރިންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,922ފަތުރުވެރިން އަންނަމުންދެއެވެ. އަދި މުޅި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.90 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރާތްކުރި 1.96މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 3.1 އިންސައްތަ ދަށް އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 342,376 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން 272,052 ކަމަށްވާއިރު، ތިންވަނައަށް އިނގިރޭސިވިލާތުން 145,464 ހަތަރުވަނައަށް ޖަރުމަނުވިލާތުން 129,609 އަދި ފަސްވަނައަށް އިޓަލީވިލާތުން 111,847 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ދަށްވުމެއް އައި ނަމަވެސް، ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަލުން އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

-01.jpg&w=3840&q=75)
