logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު އަފްރާޙް
14 މާރިޗު 2026 - 15:09
ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިއީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން 59 ބިދޭސީއެއް ބަލައިފާސްކޮށް، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ 3 ބިދޭސީން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 11496 ބިދޭސީން ވަނީ ރާއްޖެ އިން ފޮނުވާލާފައެވެ.

ބަޔޮމެޓްރިކްސް ނުދީ، ވަރކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެ ކަމަށާއި މިގޮތުން، 17 ނޮވެމްބަރ2025 އިން 31 ޖެނުއަރީ 2026ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 228 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ.

އަދި އަންނަ އަހަރު އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ކަމާގުޅޭ އިދާރާތަކުން އަންނަނީ ދެމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފާހަގަވުމުން އިދާރާތަކުގެ އެމީހުންނާ މެދު ޚާއްޞާ ގޮތްތަކެއް އަންނަނީ ނިންމަމުންނެވެ. މިގޮތުން ބައެއް މީހުން ޑީޕޯޓްކުރުމާއި، ޤަވާއިދަށް ފެއްތުމުގެ މަސައްކަތްތަކެއް ވެސް މީގެކުރިން ވަނީކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފިޚަބަރު | 4 ދުވަސް ކުރިންމައުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓްކުރަނީޚަބަރު | 6 ދުވަސް ކުރިންޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއެއް ހުޅުމާލެއިން ހައްޔަރުކޮށްފިޚަބަރު | 17 ދުވަސް ކުރިންއިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅޭނެ!ޚަބަރު | 17 ދުވަސް ކުރިން