logo
MPL

MPL

ޚަބަރު

ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
19 އޮކްޓޯބަރު 2026 - 13:34
ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިނގަމުންދާ ކެފޭތަކަށް ޚާއްސަ ކޮށްގެން ހިންގި އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، އެ ތަންތަނުގައި މަސައްކަތް ކުރާ 22 ބިދޭސީއަކާ ސުވާލުކޮށް ލިޔުންތައް ބެލި ބެލުމުން 3 ބިދޭސީއަކު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.އަދި މި 3 މީހުންވެސް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އިމިގްރޭޝަނުން އަންނަނީ، ތަފާތު އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އިމިގްރޭޝަނުން މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤުސަދުގައެވެ. އަދި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 3 ދުވަސް ކުރިންކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | 9 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | 14 ދުވަސް ކުރިންހުޅުމާލޭ 8 ތަނެއް ބަލާފާސްކޮށް 7 ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން