logo
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

އިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅޭނެ!

ޒިދާން މުޙައްމަދު
12 އޭޕްރީލު 2026 - 10:54
އިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅޭނެ!

އިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ވަނީ އޮންލައިން މަންސަ އިމުގާ ޕޯޓަލް މެދުވެރިކޮށް އިތުރު ތިން ޚިދުމަތެއް ލިބޭ ގޮތް ހަމަޖައްސާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2020 ވަނަ އަހަރު އިފްތިތާހުކުރި، އިމުގާ ޕޯޓަލަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް އީޖާދުކުރި ޕޯޓަލެކެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން ބުނީ، ދިވެހި ޕާސްޕޯޓާއި ގުޅުންހުރި 3 ޚިދުމަތެއް މިހާރު މުޅިން އަލަށް އިމުގާ ޕޯޓަލްއަށް ބަދަލުކޮށްފައިވާކަމަށެވެ. އެއީ ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ހުށައެޅުމާއި، ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅުމުގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމެވެ.

ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ބޭނުންނަމަ މީގެކުރިން ޖެހެނީ އިމިގްރޭޝަނަށް އެ ކަމަށް އެދި ސިޓީ ފޮނުވާށެވެ. ނަމަވެސް މިހާރު އިމުގާ ޕޯޓަލްއިން ދިވެހި ޕާސްޕޯޓާއި ބެހޭ ބައިން އިތުރު ޚިދުމަތްތަކުގެ ބައިން އެކަމަށް އެދެވޭނެއެވެ.

ޕާސްޕޯޓް ކޮޕީއަށް އެދި ކުރިން އީމެއިލް ކުރަން ޖެހުނު ނަމަވެސް މިހާރު އިމުގާ ޕޯޓަލްގެ އެޕްލިކޭޝަން ބައިން އެކަމަށް އެދެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމަށްވެސް ފަސޭހަކަމާއިއެކު މިހާރު އިމުގާ ޕޯޓަލްއިން އެދެވޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

"އިމުގާ" ޕޯޓަލްއަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން އިމިގްރޭޝަނުން ތައާރަފްކޮށްފައިވާ ޕޯޓަލްއެކެވެ. މިއޮންލައިން ޕޯޓަލް މެދުވެރިކޮށް އެކިކަހަލަ ވިސާތަކަށްވެސް ހުށައެޅޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހޯދައިފިޚަބަރު | 3 ދުވަސް ކުރިންއީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަންޚަބަރު | 18 ދުވަސް ކުރިންރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ފުރިހަމަކޮށްފިޚަބަރު | މަހެއް ކުރިން