logo
MPL

MPL

ޚަބަރު

މިއަދާ މާދަމާ ވެސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ

އައިޝަތު ނަޝާ
26 ޖުލައި 2026 - 04:00
މިއަދާ މާދަމާ ވެސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

61ވަނަ މިނިވަންދުވަހާއި ގުޅިގެން ޖުލައި މަހުގެ 26 އަދި 27 އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީނަމަވެސް، އެ ދުވަސްތަކުގައި ޚިދުމަތްދޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މިއަދު ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާނީ 08:30އިން 17:00އަށެވެ. މާދަމާ ޕާސްޕޯޓާއި ހަވާލުވާން ނަމްބަރު ދޫކުރާނީ 08:30އިން ފެށިގެން 16:00އާއި ހަމައަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަމްބަރު ނަގައިގެންނެވެ. މީގެއިތުރުން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިމުގާ ޕޯޓަލްމެދުވެރިކޮށް 24ގަޑިއިރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މިނިވަން ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުގެ އިތުރުން އައްޑޫ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފިކޯޓް ރޫމް | 3 ގަޑިއިރު ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންއަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީޚަބަރު | މަހެއް ކުރިންތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | މަހެއް ކުރިން