logo
Bank of Maldives

Bank of Maldives

ޚަބަރު

ގައްދޫން ޕާސްޕޯޓް ދޫކުރަން ފަށައިފި

އަޙުމަދު ރިޝާން
8 އޯގަސްޓު 2026 - 11:19
ގައްދޫން ޕާސްޕޯޓް ދޫކުރަން ފަށައިފި

ގދ. ގައްދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ މި މަސައްކަތަކީ ދިވެހި ޕާސްޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަކުގެ ތެރެއިން ކުރިޔަށް ގެންދާ ހިދުމަތެއް ކަމަށެވެ. ގައްދޫއަކީ ގދ. އަތޮޅުގައި މި ހިދުމަތް ދޭންފެށި ދެވަނަ ރަށެވެ. ގދ. އަތޮޅުގައި އެންމެ ފުރަތަމަ ޕާސްޕޯޓް ދޫކުރަން ފަށާފައި ވަނީ ތިނަދޫ ސިޓީގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނީ އިމުގާ މެދުވެރިކޮށް، ޕާސްޕޯޓް ހޯދުމަށް ހުށަހަޅާއިރު ގދ. އަތޮޅުން، ގައްދޫ ނުވަތަ ތިނަދޫ ސިޓީ މިހާރު ހިޔާރު ކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ތެރެއިން ޕާސްޕޯޓް ހިދުމަތާއި އައިޑީކާޑުގެ ހިދުމަތް އަތޮޅުތެރޭ ރަށްރަށުން ލިބޭނެ ގޮތަށް ސަރުކާރުން އަންނަނީ އިންތިޒާމުތަކެއް ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުން ވެސް މަދުވެގެން އެއް ރަށުން މި ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރަށްރަށުން މިފަދަ ހިދުމަތްތައް ފަސޭހައިން ލިބުމަކީ މާލެ އަށް ހިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެ ކަމެއް ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައްދޫން ޕާސްޕޯޓް ދޫކުރަން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންޤަވައިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ޚަބަރު | 9 ދުވަސް ކުރިންހުޅުމާލޭ މަރުކޭޓުން 10 ބިދޭސީން އިމިގްރޭޝަންގެ ބެލެމުގެ ދަށަށްޚަބަރު | 10 ދުވަސް ކުރިންމިއަދާ މާދަމާ ވެސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެޚަބަރު | 13 ދުވަސް ކުރިން