logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ޒިދާން މުޙައްމަދު
10 މާރިޗު 2026 - 11:46
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ

ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެ ޚިދުމަތުގެ ފަރާތުން އިސްވެ، މިކަމާ ގުޅޭ މައުލޫމާތު މީޑިއާއަށް ފޯރުކޮށްދެމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މެސެޖުގައި ވިދާޅުވިއެވެ.

އެ ޚިދުމަތުން ބުނި ގޮތުގައި، މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވެއެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭއިރު އަމަލުކުރަމުންދާ ގޮތުން ނުވަތަ ހައްޔަރުކުރުމުގެ ތެރެއިން އަމަލުކުރަމުންދާ ގޮތުން އަނިޔާއެއް ވެއްޖެ ނަމަ، އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ބެލެއެވެ. މިފަދަ މައްސަލަތައް ބަލަނީ ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނުންނެވެ.

އިންސާނީ ކަރަ،ާތައް ނުވަތަ ހައްގުތަކަށް އުނިކަން އަންނަ މި ފަދަ މައްސަލަތައް އެޗްއާރްސީއެމުން ވެސް ބަލައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރްސީއެމުން ބަލަނީޚަބަރު | ގަޑިއިރެއް ކުރިންސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | 6 ގަޑިއިރު ކުރިންދެކާރާއި ދެ ސައިކަލްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްޚަބަރު | 4 ދުވަސް ކުރިންހަ ކިލޯ ޑްރަގާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި ޚަބަރު | 4 ދުވަސް ކުރިން