logo
Bank of Maldives

Bank of Maldives

ޚަބަރު

ދެކާރާއި ދެ ސައިކަލްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 މާރިޗު 2026 - 20:14
އެކްސިޑެންޓް ހިނގައި ހައިވޭ/ބްރިޖު ޓްރެފިކް ޖޭމް ވެފައި، ފޮޓޯ: އަލީ ވިސާމް
އެކްސިޑެންޓް ހިނގައި ހައިވޭ/ބްރިޖު ޓްރެފިކް ޖޭމް ވެފައި، ފޮޓޯ: އަލީ ވިސާމް

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ދެ ކާރާއި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 6 ދުވަހުގެ ރޭ މެންދަމު 12:00 އެހާއިރުއެވެ.

މި ހާދިސާގައި ހަތަރު އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައިވޭގެ އެ ސަރަހައްދުގެ ޓްރެފިކަށް ވަނީ ބާރުބޮޑުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރައީސް މުޢިއްޒު، ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލުކުރައްވައިފިޚަބަރު | 17 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިޚަބަރު | ދުވަހެއް ކުރިންބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | ދުވަހެއް ކުރިން