logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ފުލުހުން ރޯޑްޝޯއެއް ކުރިޔަށް ގެންގޮސްފި

އަޙުމަދު ރިޝާން
9 އޯގަސްޓު 2026 - 06:27
ހުޅުމާލޭގައި ފުލުހުން ރޯޑްޝޯއެއް ކުރިޔަށް ގެންގޮސްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެގޮތުން ހުޅުމާލޭގައި އެކި ސަރަހައްދުތަކުގައި "ހާއްސަ ރޯޑްޝޯ" އެއް ކުރިއަށް ގެންގޮސްފި އެވެ.

ހުޅުމާލެ ޓްރެފިކް ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ އެކްސިޑެންޓުތައް މަދުކޮށް، މަގުތަކަކީ އެންމެނަށް ވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ހަރަކާތުގެ ތެރެއިން އުޅަނދު ދުއްވާ މީހުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާ ބައްދަލުކޮށް، ސަލާމަތީ މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

އެގޮތުން އުޅަނދު ދުއްވާއިރު ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް އަދި ނުރައްކާތެރިކޮށް ނުދުއްވުމަށާއި، މަގުހުރަސްކުރާ މީހުންނަށް އިސްކަންދީގެން ރައްކާތެރިކަމާއެކު ދުއްވުމަށް އިރުޝާދުދީފައިވެ އެވެ. ހަމައެހެންމެ، ހިނގާބިނގާވެ އުޅޭ މީހުންވެސް މަގުމަތީގައި އުޅޭއިރު ދުއްވާ އެއްޗިއްސަށް ފަރުވާތެރިވުމަށާއި، މަގުހުރަސްކުރާއިރު ދެކޮޅު ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ފުލުހުން ރޯޑްޝޯއެއް ކުރިޔަށް ގެންގޮސްފިޚަބަރު | ގަޑިއިރެއް ކުރިންކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 2 ދުވަސް ކުރިންތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާޚަބަރު | 3 ދުވަސް ކުރިން