logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާ

އައިޝަތު އިނާޝާ
6 އޯގަސްޓު 2026 - 11:08
ތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާ

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް އަށް މީހުންނާއެކު ދަތުރުކުރަނިކޮށް ތިން މީހުން ގެއްލިފައިވަނީ ގެނބެމުން ދިޔަ ދޯނިން ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭގެ 22:37 ހާއިރުއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފަށާފައެވެ. ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައެވެ. 

މި ހާދިސާ ހިނގިއިރު، މި އުޅަނދުގައި ޖުމްލަ 8 މީހުން ތިއްބެވެ. މީގެތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ހާދިސާގައި ކަނޑަށް ގެއްލިފައިވަނީ އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫން އެވެ.

މި ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުސްމީހާ އަލީ ނާފިއު ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހުން ގެއްލިފައިވަނީ ދޯނި ދިޔަވުމުން ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން ތިއްބާ ދޯނި އަރިއަޅާލައި އަޑިއަށް ދިއުމުންނެވެ.

މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގެއްލިފަިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހުން ހޯދިފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީރިއަލް ޕެކެޓެއްގައި ފޮރުވައިގެން ބޭރުފައިސާ ބޭރުކުރަން އުޅުނު ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުޚަބަރު | 8 ގަޑިއިރު ކުރިންޝަހީދު އާދަމް ހަލީމްގެ ޤައުމީ ޚިދުމަތުގެ ޒިކުރާ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ: ސީޕީ ޚަބަރު | 8 ގަޑިއިރު ކުރިން18 ގައުމެއްގެ ފައިސާއާއެކު ފުރަން ގޮސް ތިއްބައި ބަންގްލަދޭޝްގެ 6 މީހަކު އަތުލައިގަނެފިޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން