logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ

މުޙައްމަދު އަފްރާޙް
10 މާރިޗު 2026 - 07:18
ސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 55 މައްސަލަ ހުށަހަޅާފައިވާކަަމަށްފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ސެންޓަރުގެ ތަފާސްހިސާބުން ދައްކާގޮތުގައި އެ މައްސަލަތަކުގައި 494712.70 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. މީގެތެރެއިން 2 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ، އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ 27 މައްސަލައެއް ހުށަހަޅާފައިވެއެވެ. ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާއި ގުޅުންހުރި މައްސަލަތަކާއި، އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، ތަފާތު ލިންކުތައް ފޮނުވައިގެންނާއި، ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.

އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 7 މައްސަލައަކާއި، އިމްޕަރސަނޭޝަންގެ 14 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގެ ގޮތުގައިވެސް 7 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމް ހިންގުމަށް ބޭނުންކޮށްފައިވަނީ، ފޯނު ކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރާ މަންސަތަކާއި، ފިޝިންގ ލިންކުތަކާއި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާ ނުކުރުމަށާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މުހިންމުކަމެއްކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ މައްސަލަތަކުގައި ހަނު ހުރުމުގެ ބަދަލުގައި މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | ގަޑިއިރެއް ކުރިންދެކާރާއި ދެ ސައިކަލްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްޚަބަރު | 4 ދުވަސް ކުރިންހަ ކިލޯ ޑްރަގާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި ޚަބަރު | 4 ދުވަސް ކުރިންތައިލެންޑުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު ޖަލުގައި ނިޔާވެއްޖެޚަބަރު | 4 ދުވަސް ކުރިން