logo
Bank of Maldives

Bank of Maldives

ޚަބަރު

އިރުވައި މޫސުން ފެށިއްޖެ، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެއްޖެ

ޒިދާން މުޙައްމަދު
10 ޑިސެމްބަރު 2025 - 10:10
އިރުވައި މޫސުން ފެށިއްޖެ، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެއްޖެ

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ ދުވަސްތަކަށްފަހު، ރާއްޖެއަށް އިރުވައި މޫސުން ފެށި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެއްޖެއެވެ.

މިއަދަކީ އިރުވައިގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތުގެ ފުރަތަމަ ދުވަހެވެ. އިރުވައި މޫސުން ފެށިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުލަ ނަކަތް ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.

މުލަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.

ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 8 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

މެޓް އޮފީހުން ބުނީ ދުވާލުގެ ވަގުތުތަކުގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ނަމަވެސް މިރެއާއި މާދަމާ ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނީ އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިރުވައި މޫސުން ފެށިއްޖެ، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމޫސުން: ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުން އެކަށީގެންވޭ!ޚަބަރު | ދުވަހެއް ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ!ޚަބަރު | 4 ދުވަސް ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭޚަބަރު | 7 ދުވަސް ކުރިން