logo
MPL

MPL

ޚަބަރު

މޫސުން: ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުން އެކަށީގެންވޭ!

ޒިދާން މުޙައްމަދު
9 ޑިސެމްބަރު 2025 - 11:39
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ވެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޖެހޭނެ ކަމަށް ލަފާކުރަނީ އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ނަކަތުން ބަލާ ނަމަ މިއަދަކީ ހުޅަނގު މޫސުމުގެ ފަހު ދުވަހެވެ.

ހުޅަނގު މޫސުމުގެ ފަހު ނަކަތް ދޮށަ ނަކަތަކީ ނޮވެމްބަރުމަހުގެ 27ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.

މި ނަކަތުގައި އާންމު ގޮތެއްގައި ވައިޖެހޭނީ އިރުއުތުރުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖްކޮށް 4 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ 97.6 ގަޑިއިރުއެވެ.

މާދަމާއިން ފެށިގެން އަހަރެމެން ގުނަން ފަށާނީ އިރުވައި މޫސުމުގެ ދުވަސްތަކެވެ.

 އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

 

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 18 ދުވަސް ކުރިންކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު: ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އިތުރަށް ގޯސްވާނެ!ޚަބަރު | 20 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | 25 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | 2 މަސް ކުރިން