logo
MPL

MPL

ޚަބަރު

މޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެން

އައިޝަތު ނަޝާ
25 ސެޕްޓެމްބަރު 2026 - 14:17
މޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެން

މި ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވި ނަމަވެސް، އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށާއި، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރައިގެ އަސަރު ބޮޑަށްކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިގެ ބާރުމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާއިރު، އެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާތީ އެ ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން ބުނީ މާދަމާ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގައި ވިއްސާރަކުރި ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން ޖުމްލަ ގޮތެއްގައި މޫސުން އަލިވާން ފަށާނެ ކަމަށެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ދޭތެރެދޭތެރެއިން ކެރީގެ އަސަރު ފޯރި ނަމަވެސް، ވައިގެ ބާރުމިން ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ބޮޑަށް މަޑުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ އެންމެ ފަހުގެ މަޢުލޫމާތާއި އިންޒާރުތައް ވަގުތުން ލިބޭ 'މޫސުން' އެޕް މެޓުން ތަޢާރަފުކޮށްފިޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް 5 ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފިޚަބަރު | 3 ދުވަސް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށްޚަބަރު | 8 ދުވަސް ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 18 ދުވަސް ކުރިން