މޫސުމީ އެންމެ ފަހުގެ މަޢުލޫމާތާއި އިންޒާރުތައް ވަގުތުން ލިބޭ 'މޫސުން' އެޕް މެޓުން ތަޢާރަފުކޮށްފި
8 ނޮވެމްބަރު 2026 - 18:25

ރާއްޖޭގެ މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް އާންމުންނަށް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ "މޫސުން" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މޫސުމީ ޙާލަތު ވަގުތުން ވަގުތަށް ދެނެގަތުމަށާއި، ކުރިމަތިވެދާނެ މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ.
.png&w=750&q=75)
Ad by Hajj Corporation
"މޫސުން" އެޕް މެދުވެރިކޮށް، އެ މީހަކު ދިރިއުޅޭ ރަށެއްގެ ނުވަތަ ދަތުރުކުރަން ގަސްތުކުރާ ވަކިވަކި ރަށްރަށުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތް ވަގުތުން ބަލައިލެވޭނެއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް ދައްކުވައިދޭ ލައިވް ވެދަރ މެޕް (live weather map) ބަލައިލުމުގެ ފުރުޞަތާއި، މެޓް އޮފީހުން ރަސްމީކޮށް ނެރޭ އެލާޓްތަކާއި އިންޒާރުތައް ވަގުތުން ނޮޓިފިކޭޝަންގެ ގޮތުގައި އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ އިންތިޒާމު މި އެޕްލިކޭޝަންގައި ވަނީ ހަމަޖައްސައިފައެވެ.
މި އެޕްލިކޭޝަން މިހާރު އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ. އަދި އެޕް ބޭނުންކުރުމަށްޓަކައި ސްޓޯރުތަކުގައި "Moosun" ޖަހައިގެން ސާޗް ކޮށްލުމުން ނުވަތަ ކަމާބެހޭ ކިއުއާރް (QR) ކޯޑު ސްކޭން ކޮށްލުމުން ފަސޭހަކަމާއެކު ފޯނަށް އެޅޭނެ ކަމަށް ވެސް އެ އޮފީހުން ހާމަކުރެއެވެ.

-01.jpg&w=3840&q=75)
