logo
MPL

MPL

ޚަބަރު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް

އަޙުމަދު ރިޝާން
2 ނޮވެމްބަރު 2026 - 12:38
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ވައިގެ ސާފުމިން ބަލާ މިންގަނޑުތަކުން ދައްކާ ގޮތުގައި، ވެރިރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ވައިގެ ތެރޭގައި ޕީއެމް 2.5 ހުރިއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އަހަރީ ގައިޑްލައިނަށްވުރެ އިތުރު އަދި އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ މިންވަރެކެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ވައިގެ ހާލަތު އެންމެ ރަނގަޅީ އައްޑޫ ސިޓީގައެވެ. ދެކުނުގެ އެހެން ހިސާބުތަކެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވައިގެ ތެރޭގައި ދުންފުހުގެ އަސަރު ހުރީ ނިސްބަތުން ދަށް މިންވަރެއްގައެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ ގިނަ ރަށްތަކަށް ދަނީ ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ނުސާފުމިން ހުރި މިންވަރަށް ބަލާއިރު، މާލެ ސަރަހައްދުގައި 119 ގައި ހުރިއިރު، ށ. ފުނަދޫގައި 94، ދ. ކުޑަހުވަދޫގައި 88، ލ. ފޮނަދޫގައި 77، ފުވައްމުލައް ސިޓީގައި 60، އަދި އައްޑޫ ސިޓީގައި ހުރީ 56ގައެވެ.
ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންނަށް ކުރު އަދި ދިގު މުއްދަތަކަށް ޞިއްޙީ ގޮތުން ނުރައްކާތެރި އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި ވިސްނުމުގެ ބާރު ދެރަވާ ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާއެކު، މާބަނޑު ދުވަސްވަރު ނުރައްކާތެރި ޞިއްޙީ މައްސަލަތައް ދިމާވުމާއި، ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސް އެޅުމުގެ އިތުރުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފައެވެ.
މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، އެޗްޕީއޭއިން ވަނީ ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުން ބޭރުގައި ގިނަ ވަގުތު ނުހޭދަ ކުރުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ. މީގެއިތުރުން، ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިރުޝާދުދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށްޚަބަރު | ގަޑިއިރެއް ކުރިން މޫސުން އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓްޚަބަރު | 10 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | މަހެއް ކުރިންކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިޚަބަރު | 2 މަސް ކުރިން