މޫސުން އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް
23 އޮކްޓޯބަރު 2026 - 06:53

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފި އެވެ.
މިހާރު ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުންދާއިރު، މިއަދުގެ މޫސުމަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަވާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ. އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފަ އެވެ. އަންގާރަ ދުވަހުން ފެށިގެން ކުރާ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެ ނުވެހޭނެ ކަމަށާއި ވިލާގަނޑުގަނޑުގައި ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެއީ 188.3 މިލިލީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ 125.7 މިލިލީޓަރުގެ ވާރޭ ވެހުނު ހދ. ހަނިމާދޫއަށެވެ. މީގެއިތުރުން ބޯކޮށް ވާރޭ ވެހުނު ރަށްރަށުގެ ތެރޭގައި ކ. ދިއްފުއްޓަށް 62.4 މިލިލީޓަރު، ފ. ނިލަންދޫއަށް 59.3 މިލިލީޓަރު، ނ. މާފަރަށް 58.7 މިލިލީޓަރު، އަދި ރ. އިފުރަށް 52.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ މައުލޫމާތު ދައްކައެވެ.

-01.jpg&w=3840&q=75)
