logo
MPL

MPL

ޚަބަރު

ކުރިއަށް އޮތް ތިން މަހު، ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓް

އައިޝަތު ނަޝާއައިޝަތު ނަޝާ
28 އޯގަސްޓު 2026 - 07:14
ކުރިއަށް އޮތް ތިން މަހު، ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓް

އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

އަންނަ އަންގާރަ ދުވަހު ފެށޭ، ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ ނޮވެންބަރުގެ ނިޔަލަށް މޫސުން ލަފާކުރާ ގޮތުގެ ބަޔާނެއް މެޓުން ވަނީ ނެރެފައެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، ކުރިއަށް އޮތް ތިން މަހު، މުޅި ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތީގައި ކަމަށެވެ.

އެ މުއްދަތުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އެ މުއްދަތުގައި ވާރޭ ވެހޭނެ މިންވަރު އާންމު މިންވަރަށްވުރެ ދަށް ވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މީގެއިތުރުން، އެ އިދާރާއިން ވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުން އަންނަ ކަމަށާއި އެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެލްނީނޯގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އާދާޔާޚިލާފަށް ހޫނުވެ، ފަރުތަކުގެ ދިރުމަށް ނުރައްކާވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. މިގޮތުން، އެލްނީނޯގެ އަސަރުތަކާ ހެދި، ވާރޭ މިންވަރާއި ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމަށް ނޭދެވޭ އަސަރުތައް ކޮށް، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންވެ، މި ފަދަ ބަދަލުތަކަށް އެ ދާއިރާތަކުން ތައްޔާރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | 20 ދުވަސް ކުރިންކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިޚަބަރު | މަހެއް ކުރިންކުރިއަށް އޮތް ތިން މަހު، ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓްޚަބަރު | 2 މަސް ކުރިންއިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ: މެޓްޚަބަރު | 2 މަސް ކުރިން