ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް 5 ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި
7 ނޮވެމްބަރު 2026 - 04:30

ކުރިއަށް އޮތް 5 ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާ ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. އަތޮޅަށެވެ. އެގޮތުން ފަރެސްމާތޮޑާއަށް 104.4 މިލިމީޓަރުގެ ވާރޭވެހިފައިވާ އިރު، ކާޑެއްދޫއަށް 63 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ވިއްސާރައިގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލާފާކޮށްފަ އެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ބާރުއަޅާފަ އެވެ.

-01.jpg&w=3840&q=75)
