logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި އިތުރު ދެ ވިޔަފާރިއެއް ހުއްޓުވައިފި

އާމިނަތު ޝަފާ
15 ޑިސެމްބަރު 2025 - 06:37
ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި އިތުރު ދެ ވިޔަފާރިއެއް ހުއްޓުވައިފި

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި އިތުރު ދެ ވިޔަފާރިއެއް ހުއްޓުވައިފިއެވެ.

ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ ނޮވެންބަރު މަހުގެ 27ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އެވުޒާރާއިން އެކުލަވާލި ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 09 ތަނެއް ބަލައި ފާސްކޮށްފައިކަމަށެވެ. އަދި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވަނީ 02 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވައި 01 ތަނަކަށް ނޯޓިސް ދީފައިކަން އިމިގްރޭޝަނުން ހާމަކުރެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ ޢިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޭ ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ސެލޫންތަކެއް ބަންދުކޮށްފިޚަބަރު | 33 މިނިޓު ކުރިންގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި އިތުރު ދެ ވިޔަފާރިއެއް ހުއްޓުވައިފިޚަބަރު | 5 ގަޑިއިރު ކުރިންކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިޚަބަރު | ދުވަހެއް ކުރިންޤަވާއިދާ ހިލާފަށް ބިދޭސީން ގެންނަ ނެޓްވޯކު ހިންގި ބިދޭސީ މީހާއަށް ދެ އަހަރުގެ ޖަލު ހުކުމެއްޚަބަރު | 2 ދުވަސް ކުރިން