logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް: ރައީސް

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 15:52
ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް: ރައީސް

ސަރުކާރުގެ ސިޔާސަތުތައް ބަައްޓަންކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ވިޔަފާރިވެރިންނާއެކު ކުރިއަށްގެންދާ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން އެކި އެކި ކަންބޮޑުވުންތަކާ ގުޅިގެން ކުރީގެ ސަރުކާރުތަކުން ވިޔަފާރިވެރިންނާއެކު ބައްދަލުވުންތައް ބޭއްވި ނަމަވެސް މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު މިހާ ފުޅާދާއިރާއެއްގައި ރައީސް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަަސައްކަތް ކުރަމުން ގެންދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް ބަައްޓަންކޮށްގެން ކުރިއަށް ގެންދަންކަމަށާއި ވުމާއެކު ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި މަޝްވަރާތަކާއި ޚިޔާލުތައް ވެގެން ދާނީ އެމަނިކުފާނަށް ވަރަށް އަގުހުރި ވާހަކަތަކަކަށް ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ވިޔާފާރިތަކެއްވެސް ކުރިއެރުވުންކަމަށް ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސް ވިޔަފާރިވެރިންނާއެކު ބާއްވަވާ ބައްދަލުވުން މިރޭޚަބަރު | 5 ގަޑިއިރު ކުރިންރޭގަނޑު 12ގެ ފަހުން އުޅޭ ބިދޭސީންނާއި ސުވާލުކޮށް، ފިޔަވަޅު އަޅަން ރައީސް އަންގަވައިފިޚަބަރު | 6 ގަޑިއިރު ކުރިންކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފިޚަބަރު | 14 ގަޑިއިރު ކުރިން