logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޫލް ބަންދާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

އައިޝަތު ނަޝާ
18 ޑިސެމްބަރު 2025 - 16:25
ސްކޫލް ބަންދާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ  ޕްރޮގްރާމެއް ހިންގައިފި

އަހަރުގެ ސްކޫލް ބަންދާއި އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން މާލެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީއާ ދިމާކޮށް ރަށުން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކާއި ޗުއްޓީއަށް މާލެ އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން އިސްނަގައިގެން ހޭލުންތެރިކުރުމުގެހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ. 

ސްކޫލް ހޮލިޑޭ ސޭފްޓީ އެންޑް ސެކިއުރިޓީ 2025 ގެ ނަމުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި ޓްރެފިކް ޕޮލިސް އާއި  އެންޓި ސްކޭމް ސެންޓަރާއި ކްރައިމް ޕްރިވެންޝަން ހިމެނޭހެން 400  ފުލުހުން ވަނީ އެއް ގަޑިއެއްގައި މަގުތަކަށް ނުކުމެ ވީހާވެސް ގިނަ އާންމުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ހޯދައި، ޗުއްޓީ ދުވަސްވަރު ހިނގާ އެކި ބާވަތުގެ ކުށްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާލެ ޕޮލިސް އަދި މާލެ ފްރަންޓްލައިން ޕޮލިސިންގގެ އެކި ޑިޕާރޓްމަންޓްތަކުގެ ވެރިން ބައިވެރިވިއެވެ. 

 މި ޕްރޮގްރާމުގެ ތެރެއިން މާލެ ފްރަންޓްލައިން ޕޮލިސިންގގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގެ ވެރިން ވަނީ އެއަވަށެއްގައި ކަނޑައަޅާފައިވާ ތަނެއްގައި ގާއިމްވެ ތިބެ ރައްޔިތުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާއި ސާފުކުރަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މާލެ 48 ސަބް ޒޯނަކަށް ބަހާލައިގެން އެކި ސަރަހައްދުތަކުގައި ފުލުހުން މައުލޫމާތު ދީފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިިން ކުށާއި، ކުށުގެ ވެއްޓަށް އަންނަ ބަދަލުތައް އާންމުންނާއި ހިއްސާކޮށް ހޭލުންތެރިކުރުމުގެ އިތުރުން، ފުލުހުންގެ ހެލްޕް ލައިން ނަންބަރުތަކާއި، ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމްތައް އަދި މައްސަލަތައް ރިޕޯޓްކުރާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި އަލަށް ތައާރަފްކޮށްފައިވާ އެޕްލިކޭޝަނާ ބެހޭ މައުލޫމާތުވެސް މި ހަރަކާތުގެ ތެރެއިން އާންމުންނާ ހިއްސާކޮށްފައިވެއެވެ

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލް ބަންދާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިޚަބަރު | 10 ގަޑިއިރު ކުރިންބަނގުރަލާއި މަސްތުވާތަކެއްޗާއެކު 3 ބިދޭސީއަކު އަތުލައިގެންފިޚަބަރު | 14 ގަޑިއިރު ކުރިންގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެޚަބަރު | 15 ގަޑިއިރު ކުރިންރޭ އެކަނިވެސް، ބޭނުމެއްނެތި ބޭރުގައި އުޅުނު 23 ބިދޭސީން ހުއްޓުވައި ސުވާލުކުރިޚަބަރު | 18 ގަޑިއިރު ކުރިން