logo
Bank of Maldives

Bank of Maldives

ޚަބަރު

ރޭ އެކަނިވެސް، ބޭނުމެއްނެތި ބޭރުގައި އުޅުނު 23 ބިދޭސީން ހުއްޓުވައި ސުވާލުކުރި

ޢައްފާން މުޙައްމަދު
18 ޑިސެމްބަރު 2025 - 08:07
ރޭ އެކަނިވެސް، ބޭނުމެއްނެތި ބޭރުގައި އުޅުނު 23 ބިދޭސީން ހުއްޓުވައި ސުވާލުކުރި

ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި، މަޢުލޫމާތު ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތުގައި، ރޭ އެކަނިވެސް، އެފަދަ 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވާކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއްޔެ މުއައްސަސާތަކަށް އިރުޝާދުދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އެންގެވުމާ ގުޅިގެން ރެއިން ފެށިގެން ކޮންމެ ރެއަކު 12:00 އިން ހެނދުނު 06:00 އަށް ފުލުހުން މި މަސައްކަތް ކުރާނެއެވެ.

އެގޮތުން ބިދޭސީން ޗެކްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ އެކަނިވެސް މާލެއިން 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، މެންދަމުގެ ވަގުތުގައި އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފަށް މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރުމުގެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގަވާއިދާ ޚިލާފަަށް ދިރިއުޅޭ ބިދޭސީންނާމެދު ގާނޫނާއި ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި، އެފަދަ ފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި، ހާއްސަކޮށް މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށެވެ.

މިގޮތަށް ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާ މެދު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި އެފަދަ ފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޭ އެކަނިވެސް، ބޭނުމެއްނެތި ބޭރުގައި އުޅުނު 23 ބިދޭސީން ހުއްޓުވައި ސުވާލުކުރިޚަބަރު | 3 ގަޑިއިރު ކުރިންނޫސްވެރިންނަށް ސީޕީގެ އިލްތިމާސްއެއް: ފުލުހުންގެ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރާއިރު ސަމާލުވޭ!ޚަބަރު | 3 ގަޑިއިރު ކުރިންގަވާއިދާ ހިލާފު ކޮންޓްރަބޭންޑް ގެންގުޅެނީ ބިދޭސީން: ސީޕީ ނަވީންޚަބަރު | 3 ގަޑިއިރު ކުރިންދަންވަރު ބޭރުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ގެންދާ އޮޕަރޭޝަން މިރެއިން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްދާނެ ޚަބަރު | 19 ގަޑިއިރު ކުރިން