logo
Bank of Maldives

Bank of Maldives

ޚަބަރު

ދަންވަރު ބޭރުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ގެންދާ އޮޕަރޭޝަން މިރެއިން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްދާނެ

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 15:37
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް، ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް، ފޮޓޯ: އިމިގްރޭޝަން

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އެންގެވުމާ ގުޅިގެން މިރެއިން ފެށިގެން ކޮންމެ ރެއަކު 12:00 އިން ހެނދުނު 06:00 އަށް، މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާފައިވަނީ މިއަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގައި އާންމު މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މިރެއިން ފެށިގެން، ކޮންމެ ރެއަކު 12:00 އިން ހެނދުނު 06:00 އަށް، މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެކަމަށާއި މި މަސައްކަތް މާލެ އާއި ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މަސައްކަތުގެ ދަށުން، ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި އަދި، ހާއްސަކޮށް މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށެވެ.

މިގޮތަށް ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާ މެދު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި އެފަދަ ފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަންވަރު ބޭރުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ގެންދާ އޮޕަރޭޝަން މިރެއިން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްދާނެ ޚަބަރު | 2 ގަޑިއިރު ކުރިންމަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލައިފިޚަބަރު | 4 ގަޑިއިރު ކުރިންޕޮލިހުން އިސްނަގައިގެން ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވަނީޚަބަރު | 5 ގަޑިއިރު ކުރިންއުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަނީޚަބަރު | 6 ގަޑިއިރު ކުރިން