logo
MPL

MPL

ޚަބަރު

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިސްމާޢިލް ރާތިޢު
17 ޑިސެމްބަރު 2025 - 13:12
މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑްކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބާކީތިބި ދެމީހުން އިއްޔެ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިހުތިޖާޖުގައި ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް ބަންދުކުރުމުގެ އަމުރު ދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމީހުންގެ ތެރޭގައި، އިހްތިޖާޖުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ޒާކިރު ވެސް ހިމެނެއެވެ. ނަމަވެސް މައުރޫފްގެ ސިއްހީ ހާލަތަށް ރިޢާޔަތްކޮށް، އޭނާ ވަނީ އާދީއްތަ ދުވަހު ބަންދުން ދޫކޮށްލާފައެވެ.

މި އިހުތިޖާޖުގެ ތެރއިން ހަތަރު ބިދޭސީއަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލާފައިވަނީ ސުލްހަވެރިކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް ކަމަށެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅުމުގެ އިތުރުން ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅާ، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިހުތިޖާޖުކުރި މަސްވެރިން ފަހުން ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ބައްދަލުކޮށް، މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި އެ ބައްދަލުވުން ކާމިޔާބު ކަމަށް ވެސް މަސްވެރިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 4 ގަޑިއިރު ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 7 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 7 ދުވަސް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 8 ދުވަސް ކުރިން