logo
Bank of Maldives

Bank of Maldives

ޚަބަރު

ޕޮލިހުން އިސްނަގައިގެން ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވަނީ

އައިޝަތު ނަޝާ
17 ޑިސެމްބަރު 2025 - 11:55
ޕޮލިހުން އިސްނަގައިގެން ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވަނީ

ޕޮލިހުން އިސްނަގައިގެން "ކޮފީ ވިތް ޕޮލިސް ސްޓޭޝަން ހެޑްސް" ގެ ނަމުގައި ބާއްވާ ބައްދަލު ވުމަކަށް ޢާންމު ރައްޔިތުންނަށް ދައުވަތުއަރުވައިފި އެވެ.

މި ދަޢުވަތުގައި ބުނެފައި ވަނީ، ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާ ވާހަކަ ދައްކާލާ، ޚިޔާލު ފާޅުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމުގެ ފުރުސަތު މި ބައްދަލު ވުމުގައި ލިބިގެންދާނެ ކަަމަށެވެ. އަދި އޭގެ އިތުރުން މި ފެސްޓިވް ސީޒަންގައި ފުލުހުންގެ ކޮމިއުނިޓީތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ފުރުސަތުވެސް މި ބައްދަލުވުގަ ލިބިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައްދަލުވުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ން 5:00 އަށެވެ. މި ބައްދަލުވުން އެއް ވަގުތެއްގައި މާލޭގެ 3 ސަރަޙައްދެއްގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު، ލަވިސްޓާ ރެސްޓޯރެންޓް ގަލޮޅު، ފޮރެސްޓާ މާފަންނު ގެ އިތުރުން، ވެސްޓް ޕާކް ގައެވެ.

އެހެންކަމުން މި ބައްދަލު ރާއްޖޭގެ މުޖުތަމަޢު އިތުރަށް އަމާން ތަނަކަށް ހެދުމަށްޓަކައި، އެކަކު އަނެކަކާ ވާހަކަ ދައްކައި، ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ފުލުހުން ވަނީ ދަޢުވަތު އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލައިފިޚަބަރު | ގަޑިއިރެއް ކުރިންޕޮލިހުން އިސްނަގައިގެން ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންއުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންކަނޑުވި 68 އަހަރުގެ ދިވެއްސަކު ސަލާމަތްކޮށްފިޚަބަރު | ދުވަހެއް ކުރިން