logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުވި 68 އަހަރުގެ ދިވެއްސަކު ސަލާމަތްކޮށްފި

އިސްމާޢިލް ރާތިޢު
16 ޑިސެމްބަރު 2025 - 10:41
ދެ އުޅަނދެއް ފަރަށް އަރައިގެން ފުލުހުން ހަރަކާތްތެރިވަނީ- ފޮޓޯ: އެމްއެންޑީއެފް
ދެ އުޅަނދެއް ފަރަށް އަރައިގެން ފުލުހުން ހަރަކާތްތެރިވަނީ- ފޮޓޯ: އެމްއެންޑީއެފް

ށ. ފީވަކަށް ދަތުރު ކުރި ދޯންޏެއް ދިޔަވެ ކަނޑުވި މީހަކު، ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި ށ. ފުނަދޫން އެއަތޮޅު ފީވަކަށް ދަތުރު ކުރަނިކޮށް ދޯންޏެއް ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:50 ހާއިރު ލިބުމުން، ދޯނި ދިޔަވި ސަރަހައްދަށް ފުލުހުންގެ ލޯންޗު ގޮސް ބެލުމުގައި، ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރީ ކަނޑު ތެރެއިންވަނީ ފެނިފައެވެ. އެއީ، އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެދޯނީގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުވި 68 އަހަރުގެ ދިވެއްސަކު ސަލާމަތްކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑުވައްކަމުގެ މައްސަލާގައި 10 މީހަކަށް ދައުވާކޮށްފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ އަސާސީ ތަމްރީނުން އެއްވަނަ ހޯދި ފުރަތަމަ އަންހެން ފުލުހަކަށް އިމްޝާ!ޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ނޫ ޔުނީފޯމުގެ ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ނަވީން އިލްތިމާސްކުރައްވައިފިޚަބަރު | ދުވަހެއް ކުރިން