logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ނޫ ޔުނީފޯމުގެ ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ނަވީން އިލްތިމާސްކުރައްވައިފި

ޒިދާން މުޙައްމަދު
15 ޑިސެމްބަރު 2025 - 17:33
ފުލުހުންގެ ނޫ ޔުނީފޯމުގެ ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ނަވީން އިލްތިމާސްކުރައްވައިފި

ފުލުހުންގެ ނޫ ޔުނީފޯމުގެ ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ، 41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރިން ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިންނަށް އިޝާރާތްކުރައްވައި ސީޕީ ނަވީން ވިދާޅުވީ، މިއީ ހުށިޔާރު ޒިންމާދާރު ޒުވާން ފުލުހުންތަކެއް ޚިދުމަތައް ގުޅޭ ރެއެއް ކަމަށެވެ. އެ ފުލުހުން ފުރިހަމަކުރި ތަމްރީނުން ބިނާކޮށްދެވުނު ޝަހްސިއްޔަތުން އަދުލުވެރިކަމާއި އިންސާފުވެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ފުލުހުންގެ ނޫ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއްކަމަށާއި މިއީ އަދުލުވެރިކަމުގެ ރަމްޒެއްކަން ފާހަގަކުރައްވައި ފުލުހުންގެ ނޫ ޔުނީފޯމުގެ ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ނަވީން އިލްތިމާސްކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތާ ގުޅި، އިހްތިޔާރުކުރީ ފަސޭހަ މަގެއް ނޫން ކަމަށާއި ދަސްވެނިން އިހްތިޔާރުކުރީ ވަރަށް ބުރަ އެހާމެ ޒިންމާދާރު އަދި ގުރުބާނީތަކެއް އެކުލެވޭ މަގެއްކަން ސީޕީ ނަވީން ހަނދާންކޮށްދެއްވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ހަނދާނުގައި ބަހައްޓަންވީ ފުލުހުންގެ ޚިދުމަތާ ގުޅި ފަށަނީ ހަމައެކަނި ވަޒީފާއެއް ނޫންކަން ކަމަށެވެ. އަދި ދެވެނީ ޤައުމީ ގޮވާލުމަކަށް އިޖާބަކަން ކަމަށެވެ.

"ތިޔަ ނިކުމެވެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ޤައުމީ ޚިދުމަތަކަށްކަން. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ތިޔަ ފުލުހުންނަށްޓަކައި ފަހުރުވެރިވަން." ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ފުލުހުންގެ ޔުނީފޯމަކީ އަމާނާތެއްކަމަށާއި، އެހެންކަމުން ޔުނީފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ނަވީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގައުމު ބަރޯސާވަނީ ހިތްވަރުގަދަ ހަރުދަނާ އަޒުމްވަރުގަދަ އަދުލުވެރި ފުލުހުންނަށްކަމަށްވެސް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ބޮޑުވައްކަމުގެ މައްސަލާގައި 10 މީހަކަށް ދައުވާކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންފުލުހުންގެ އަސާސީ ތަމްރީނުން އެއްވަނަ ހޯދި ފުރަތަމަ އަންހެން ފުލުހަކަށް އިމްޝާ!ޚަބަރު | 4 ގަޑިއިރު ކުރިންފުލުހުންގެ ނޫ ޔުނީފޯމުގެ ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ނަވީން އިލްތިމާސްކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ނިމެންދެން އެއް ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީޚަބަރު | 11 ގަޑިއިރު ކުރިން