ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ނިމެންދެން އެއް ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ
15 ޑިސެމްބަރު 2025 - 11:12

ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ނިމެންދެން އެއް ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި މި ބަދަލު ގެންނަން ނިންމާފައި ވަނީ މިރޭ (2025 ޑިސެންބަރު 15 ވަނަ ދުވަހުގެރޭ) 23:45 އިން ފެށިގެންނެވެ.

Ad by Hajj Corporation
މިގޮތުން ބްރިޖްގެ މެއިންޓެނެސް މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތަށް ހޭދަވާނެ މުއްދަތެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.
ސިނަމާލެ ބުރިޖަކީ މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ހުޅުމާލެ ގުޅުވާލަދޭ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަބްރިޖެކެވެ.


