logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިހުރި 787 އުޅަނދު ނަގައިފި

އިސްމާޢިލް ރާތިޢު
12 ޑިސެމްބަރު 2025 - 04:33
ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން

ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ނެގުމަށް ކުރިއަށް ގެންދެވުނު ހަރަކާތުގެ ތެރެއިން ޖުމްލަ 787 އުޅަނދު ޓޯވ ކޮށްފިއެވެ.

ފުލުހުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 7 އިން ފެށިގެން 11 ވަނަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތުގައި، ހުޅުމާލޭގައި މީހުން ދިރިއުޅޭ ދެ ފިޔަވަހި ހިމެނޭހެން ޖުމްލަ 787 އުޅަނދެއް ޓޯވ ކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދަކާއި ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ބަހައްޓާފައި ހުރި 186 އުޅަނދެއްގެ އިތުރުން މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދެކެވެ.

މި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ގޮސް، އެތަނުން ދޭ ސްލިޕް ހިފައިގެން ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި އުޅަނދުތައް ޓޯވ ކުރުމަށްފަހު ގެންގޮސް ބަހައްޓާފައިހުރި ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ކަމަށާއި މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ފުލުހުން ކަށަވަރުކުރާނެކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޓޯވ ކުރާ އުޅަނދުތައް ހަތް ދުވަސް ފަހުން އާންމުކޮށް އިއުލާނުކުރުމަށްފަހު އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް، ގާނޫނާއި ގަވާއިދުތަކުގެ މަތީން ނައްތާލުމުގެ މަސައްކަތް ކުރަމުންގެދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތުގައި ބައިވެރިވި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އަދި އަމިއްލަ ކުންފުނިތަކަށް ޝުކުރު އަދާކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް، މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިހުރި 787 އުޅަނދު ނަގައިފިޚަބަރު | 2 ގަޑިއިރު ކުރިންއިހުތިޖާޖުގައި މާލެގެ ފަޅަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތް ކުރި: ފުލުހުންޚަބަރު | 15 ގަޑިއިރު ކުރިންބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފިޚަބަރު | 18 ގަޑިއިރު ކުރިންހުޅުމާލެ އިން ޓޯކުރި އުޅަނދުތަށް ދޫކުރަން ފަށައިފިޚަބަރު | 19 ގަޑިއިރު ކުރިން