logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މިމަހުގެ މިހާތަނަށް ސްކޭމްގެ 98 މައްސަލަ؛ މިލިއަނަކަށްވުރެ ގިނަ ކުފިޔާގެ ގެއްލުން!

އިސްމާޢިލް ރާތިޢު
15 ޑިސެމްބަރު 2025 - 10:38
މިމަހުގެ މިހާތަނަށް ސްކޭމްގެ 98 މައްސަލަ؛ މިލިއަނަކަށްވުރެ ގިނަ ކުފިޔާގެ ގެއްލުން

މި މަހުގެ ފުރަތަމަ ދުވަހުން، 14 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 98 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި ހިންގާފައިވާ ސްކޭމްތަކުގައި ޖުމްލަ 1،429،651،5 ރުފިޔާ ފޭރިގަނެފައިވާއިރު، އޭގެ ތެރެއިން 281،461.80 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސްކޭމްތަކުގެތެރޭގައި ހިމެނެނީ:

އީ-ކޮމާސް: 32 މައްސަލަ
ފިޝިންގ ލިންކް ބޭނުން ކޮށްގެން: 11 މައްސަލަ
ކަރަންސީ އެކްސްޗޭންޖު: 10 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި: 28 މައްސަލަ
އެހެނިހެން: 28 މައްސަލަ

މިކަމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރާކަމަށް ފުލުހުން ފާހަގަކޯށްފައިވާ ވަސީލަތްތަކަށް ބަލާއިރު، ފޯނުކޯލް، އައިބޭ، އޮންލައިން މެސެޖިންގ، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓްޕްލޭސް ފާހަގަކޮށްލެވެއެވެ.

ސްކޭމެއްގެ ޝިކާރައަކަށް ނުވުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދުތަކެއް ދެމުން އާދެއެވެ. އެގޮތުން ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ވަކީން ހާއްސަކޮށް ފުލުހުން އަންނަނީ އަބަދުވެސް އިރުޝާދުދެމުންނެވެ.

މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއަމީން މިއާގެ މަރުގެ މައްސަލަ: ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރައްވައިފިޚަބަރު | ދުވަހެއް ކުރިންނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފިޚަބަރު | 2 ދުވަސް ކުރިން