logo
MPL

MPL

ޚަބަރު

އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އައިޝަތު ނަޝާ
17 ޑިސެމްބަރު 2025 - 11:39
އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އއ. އުކުޅަހުން ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އުކުޅަހު ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ މީހާ އަކީ އެ ރަށު ލަ ޕަލްމާ ސްޓޫޑިއޯގައި ހުރި މީހެއް ކަމަށާއި،އޭނާ ފުރަން ހަމަޖެހިފައި ވަނީ މިއަދު ކަމަށެވެ. ނަމަވެސް އަދިވެސް އޭނާގެ ޚަބަރެއް ނުވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ކަމަށާއި، އަދި އޭނާގެ ފޯނާއިއެހެނިހެން ތަކެތި އޭނާ އުޅުނު ކޮޓެރީގައި ހުރި ކަމަށް ވެސް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

ލަ ޕަލްމާ ސޫޓްސްއިން ބުނި ގޮތުގައި ގެއްލިފައިވަނީ، ރޯމަން ލުރޮޗްކިން ކިޔާ، އުމުރުން 48 އަހަރުގެ މީހެކެވެ. އޭނާ އެ ހޮޓަލަށް ޗެކްއިން ވެފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.

އުކުޅަހު ކައުންސިލުން ވަނީ އެ މީހާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510 އަށް ގުޅުމަށް އެދިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހު ކައުންސިލުން ޑިޖިޓަލް ތިން ޕްލެޓްފޯމެއް އިފްތިތާޙުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއިންޖީނަކާ ޑިންގިއެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންފުނަދޫ އަލިފާން: ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް، ފުލުހުންގެ މޭޖާ ކްރައިމްސް ޓީމެއް އެރަށަށްޚަބަރު | 5 ދުވަސް ކުރިންބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފިޚަބަރު | 5 ދުވަސް ކުރިން