logo
MPL

MPL

ޚަބަރު

އުކުޅަހު ކައުންސިލުން ޑިޖިޓަލް ތިން ޕްލެޓްފޯމެއް އިފްތިތާޙުކޮށްފި

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
30 އޮކްޓޯބަރު 2026 - 09:23
އުކުޅަހު ކައުންސިލުން ޑިޖިޓަލް ތިން ޕްލެޓްފޯމެއް އިފްތިތާޙުކޮށްފި

އުކުޅަހު ކައުންސިލުން ތިން ޑިޖިޓަލް ޕްލެޓްފޯމެއް ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.

މި ޕްލެޓްފޯމްތައް އިފްތިތާހު ކޮށްފައި ވަނީ "އުކުޅަސް 2.0" ނަމުގައި އެރަށު ކޮންވެންޝަން ސެންޓަރުގައި 29 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެކައުންސިލުން އަލަށް ތައާރަފުކޮށްފައި ވަނީ ކައުންސިލްގެ "އާ ވެބްސައިޓް"، "މައި އުކުޅަސް" އެޕްލިކާޝަން އަދި "މައި ކައުންސިލް" އިންޓްރާނެޓް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަނީސް އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނީސް ވިދާޅުވީ ޑިޖިޓަލްކޮށް މައުލޫމާތު އެއްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޢަލީ ވަޙީދު ވިދާޅުވީ، "އުކުޅަސް 2.0" ގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށާއި ކައުންސިލްގެ މުވައްޒަފުންނަށް ކައުންސިލާ ގުޅުންހުރި އިދާރީ މަސައްކަތްތައް ލުއިފަސޭހަކޮށްދިނުން ކަމަށެވެ.

"އުކުޅަސް 2.0" ތަޢާރަފުކުރުމަކީ ޑިޖިޓަލް ޙައްލުތަކުގެ އެހީގައި ކައުންސިލްގެ މަސައްކަތްތައް ޒަމާނީކޮށް، އުކުޅަހުގެ ރައްޔިތުންނަށް އާންމު ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ،" ވަހީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި "މައި އުކުޅަސް" އެޕްލިކޭޝަން ތައްޔާރުކުރި އަޙްމަދު މަޙްފޫޡު ވަނީ މި ޑިޖިޓަލް ޕްލެޓްފޯމްތައް އެކުލަވައިލުމުގައި ދިމާވި ބައެއް ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.  އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް އުނދަގުވީ މައުލޫމާތު އެެއްކުރުމަށެވެ.

މި ރަސްމިއްޔާތުގައި އަލަށް ތައާރަފުކުރި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ލިބެންހުރި ޚިދުމަތްތައް ދައްކާލުމަށް ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލާފަ އެވެ.

"މައި އުކުޅަސް" އެޕް އަދި ކައުންސިލްގެ ވެބްސައިޓަކީ އާންމުންނަށް މަޢުލޫމާތާއި ޚިދުމަތްތައް ފަސޭހައިން ލިބިގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ދެ ވަސީލަތެވެ. މީގެއިތުރުން "މައި ކައުންސިލް" ގައި ހިމެނެނީ ކައުންސިލްގެ އެތެރޭގެ އިދާރީ ހިންގުންތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ބޭނުންކުރުމަށް ޚާއްޞަކޮށްފައިވާ އިންޓްރާނެޓް ސިސްޓަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހު ކައުންސިލުން ޑިޖިޓަލް ތިން ޕްލެޓްފޯމެއް އިފްތިތާޙުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް ގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންބިންހިއްކާ، އިތުރު ހައުސިންގް ޔުނިޓް އަޅައިދިނުމަށް އުކުޅަހު ކައުންސިލުން އެދިފިޚަބަރު | 3 މަސް ކުރިންއުކުޅަހުގައި އަޅާ 50 ހައުސިންގް ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިން