logo
Bank of Maldives

Bank of Maldives

ޚަބަރު

އުކުޅަހުގައި އަޅާ 50 ހައުސިންގް ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

އަޙުމަދު ރިޝާން
5 އޯގަސްޓު 2026 - 12:57
އުކުޅަހުގައި އަޅާ 50 ހައުސިންގް ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަހުގައި ސަރުކާރުން އަޅާ 50 ހައުސިންގް ޔުނިޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގަ އެވެ.  މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ ތިން ކޮޓަރީގެ ޔުނިޓްތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އިބްރާހިމް އަޒީމެވެ. މި މަސައްކަތް ކުރުމަށް ފުރަތަމަ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަހަރާއި ހަތް މަސް ދުވަހެވެ.

މިޔުނިޓްތައް އެޅުމަށް ނިންމާފައި ވަނީ އުކުޅަހުގައި ހިއްކާފައިވާ ސަރަހައްދުގަ އެވެ. މި ސަރަހައްދުގެ ބިމުން ގޯތި ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ރައީސް ކުރިން ވިދާޅުވެފައި ވަނީ އެ ސަރަހައްދުން 25 ގޯތި ދޫކުރާނެ ކަމަށެވެ. ފަތުރުވެރިކަން ފުޅާވަމުން އަންނަ އުކުޅަހުގައި 1200 މީހުންގެ އާބާދީއެއް ދިރިއުޅެ އެވެ. އަދި އެރަށަށް 13 ހެކްޓަރުގެ ބިން އިތުރުކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ. އުކުޅަހުގައި އިތުރަށް ގާއިމުކުރާ ވަސީލަތްތަކުގެ ތެރޭގައި ފަސް ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުން ވެސް ހިމެނެ އެވެ. އެ މަސައްކަތް ހަވާލުކުރީ ޅެހި ކޮންސްތްރަކްޝަންއާ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް ގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 28 މިނިޓު ކުރިންބިންހިއްކާ، އިތުރު ހައުސިންގް ޔުނިޓް އަޅައިދިނުމަށް އުކުޅަހު ކައުންސިލުން އެދިފިޚަބަރު | ގަޑިއިރެއް ކުރިންއުކުޅަހުގައި އަޅާ 50 ހައުސިންގް ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިޚަބަރު | 7 މަސް ކުރިން