logo
Bank of Maldives

Bank of Maldives

ޚަބަރު

ބިންހިއްކާ، އިތުރު ހައުސިންގް ޔުނިޓް އަޅައިދިނުމަށް އުކުޅަހު ކައުންސިލުން އެދިފި

އަޙުމަދު ރިޝާން
5 އޯގަސްޓު 2026 - 13:26
ބިންހިއްކާ، އިތުރު ހައުސިންގް ޔުނިޓް އަޅައިދިނުމަށް އުކުޅަހު ކައުންސިލުން އެދިފި

 އއ.އުކުޅަހުގައި މިހާރު ހިއްކާފައިވާ ބިމާ ގުޅުވައިގެން އިތުރަށް ބިން ހިއްކުމަށާއި އަދި އިތުރު ހައުސިންގް ޔުނިޓްތަކެއް އަޅައިދނުމަށް އުކުޅަހު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަހުން އެދިފި އެވެ.

ރައީސް އުކުޅަހަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން އެރަށު ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާ ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ އެރަށު ކޮންވެންޝަން ސެންޓަރުގަ އެވެ. މި ބައްދަލުވުމުގައި އެރަށު ކައުންސިލް މެންބަރުން ވަނީ ބައެއް ކަންކަމަށް ރައީސް އަރިއަހުން އެދިވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި ހައުސިންގ ޔުނިޓުތަކެއް އެޅުމަށާއި ބިން ހިއްކުމާއި މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އިތުރުން ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ޙަވާލު ކުރުމަށާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެ އެވެ. އަދި ހިއްކި ސަރަހައްދުގެ މަގުތައް ހެދުމާއި އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ބައެއް ދަތި ކަންކަން ވެސް ކައުންސިލަރުން ވަނީ ރައީސްއާ ހިއްސާ ކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައެއް ވަޒީރުން ލައްވާ މިހާރު ކުރިޔަށްދާ މަޝްރުއޫތަކުގެ އެންމެ ފަހުގެ މައުލޫމާތުދީފަ އެވެ. އަދި ކައުންސިލުން އެދުނި ކަންކަން ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް ގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންބިންހިއްކާ، އިތުރު ހައުސިންގް ޔުނިޓް އަޅައިދިނުމަށް އުކުޅަހު ކައުންސިލުން އެދިފިޚަބަރު | 2 ގަޑިއިރު ކުރިންއުކުޅަހުގައި އަޅާ 50 ހައުސިންގް ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންއުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިޚަބަރު | 7 މަސް ކުރިން