logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފު ކޮންޓްރަބޭންޑް ގެންގުޅެނީ ބިދޭސީން: ސީޕީ ނަވީން

އިސްމާޢިލް ރާތިޢު
18 ޑިސެމްބަރު 2025 - 07:17
ގަވާއިދާ ހިލާފު ކޮންޓްރަބޭންޑް ގެންގުޅެނީ ބިދޭސީން: ސީޕީ ނަވީން

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްގެން ގެންގުޅޭ މަސްތުވާތަކެއްޗާއި ސިނގިރޭޓު ފަދަ ތަކެތި ގެންގުޅެނީ ބިދޭސީން ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ، މަސްތުވާތަކެތީގެ އިތުރުން ސިނގިރޭޓުގެ ތެރެއިން ގަވާއިދާ ހިލާފަށް އެތެރެކޮށްފައި ހުންނަ ތަކެތި ގެންގުޅެނީ ބިދޭސީން ކަމަށާއި ރީޓެއިލް ފިހާރަތަކަށް ސިނގިރޭޓު ޑެލިވަރ ކުރުމުގެ މަސައްކަތުގައިވެސް އުޅެނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މިކަމުގައި ގަވާއިދާ އެއްގޮތަށް ގެނެސްފައިވާ ބިދޭސީއަކު ހަރަކާތްތެރިވާ ނަމަ، އެމީހެއްގެ ސްޕޮންސަރ އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މަސައްކަތުގެ ގަޑީގެ ބޭރުން، ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި މާލެތެރޭގެ އިތުރުން އަތޮޅުތަކަށްދާ ދޯނިތަކަށްވެސް ސިނގިރޭޓު ޑެލިވަރކުރުމުގެ މަސައްކަތުގައި ބިދޭސީން ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ރޭގެ ވަގުތެއްގައި ފުލުހުން މާލެތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައިވެސް މިފަދަ މީހަކު އަތުލައިގެންފައި ވާކަމަށާއި، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނުންވެސް އެތައް ބައިވަރު ސިނގިރޭޓުތަކެއް ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިކަމުގެ އިތުރު ތަފްސީލު، މިއަދުގެ ވަގުތެއްގައި ފުލުހުން ހިއްސާކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކުރުމުގެ އިތުރުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ، ރަޖިސްޓްރީކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުން ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވިދާޅުވެފައިވެ އެވެ. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީޚަބަރު | 2 ގަޑިއިރު ކުރިންކިނބިދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 2 ދުވަސް ކުރިންދުވާފާރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 3 ދުވަސް ކުރިން