logo
MPL

MPL

ޚަބަރު

ނޫސްވެރިންނަށް ސީޕީގެ އިލްތިމާސްއެއް: ފުލުހުންގެ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރާއިރު ސަމާލުވޭ!

އިސްމާޢިލް ރާތިޢު
18 ޑިސެމްބަރު 2025 - 07:18
ނޫސްވެރިންނަށް ސީޕީގެ އިލްތިމާސްއެއް: ފުލުހުންގެ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރާއިރު ސަމާލުވޭ!

ފުލުހުން ހިންގާ ސިއްރު އޮޕަރޭޝަންތަކުގެ ވާހަކަ ޝާއިއުކުމުގައި ސަމާލުވުމަށް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ، ގޭގޭދޮށުގައި މަސްތުވާތަކެތީގެ އިތުރުން ސިނގިރޭޓުފަދަ ތަކެތި ސިއްރުން ވިއްކާކަމުގެ މައުލޫމާތު، އެކަމާމެދު ކަންބޮޑުވާ ފަރާތްތަކުން ފުލުހުންނާ އަބަދުވެސް ހިއްސާކުރާ ކަމަށާއި، މިކަންކަމަށް އެޓެންޑުވުމަށްފަހު، ސައްހަކަން ކަށަވަރުވުމާއެކު މީޑީއާތަކާ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީޕީ ވަނީ މިފަދަ އޮޕަރޭޝަންތައް ކާމިޔާބުވުމަށްޓަކައި، ފުލުހުން ނޫސްވެރިންނާ ހިއްސާކުރާ މައުލޫމާތުތައް ޝާއިއުކޮށް، ބްރޭކިންގ ނިއުސްގެ ގޮތުގައި ގެނައުމުގައި ސަމާލުވުމަށް އެދިލައްވާފައެވެ. ބައެއްފަހަރު މީޑީއާތަކާ ފުލުހުން މައުލޫމާތު ހިއްސާކުރުމުގެ ކުރިން މާއަވަހަށް މައުލޫމާތު ޝާއިއުކުރުމުގެ ސަބަބުން މިފަދަ އޮޕަރޭޝަންތަކުގެ ކުރިމަރުވާކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، މިހެން ވުމުގެ ސަބަބުން ޑްރަގް ވިޔަފާރިކުރުވާ ފަރާތްތަކަށް ފުލުހުންގެ އޮޕަރޭޝަނުގެ މައުލޫމާތު ލިބި، ފުލުހުންނަށް ދެވުމުގެ ކުރިން އެމީހުން ބޭނުންކުރާ އެޕާޓްމަންޓުގައި ހުންނަ ތަކެތި ފޮރުވާކަމަށެވެ.

އެހެންކަމުން މިފަދަ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރުމުގައި ސަމާލުވުމަށާއި ފުލުހުންގެ މީޑިއާ އާއެކު މައުލޫމާތު ކަށަވަރުކޮށްފައި މެނުވީ އެއްވެސް މައުލޫމާތެއް ޝާއިއުނުކުރަން ސޯޕީ ތަކުރާރުކޮށް އެދިލެއްވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެޚަބަރު | 2 ދުވަސް ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 3 ދުވަސް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 4 ދުވަސް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 6 ދުވަސް ކުރިން