ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
19 ޑިސެމްބަރު 2025 - 05:21

ހ.އ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ޒަމާނީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހ.އ. ދިއްދޫގައި ބިނާކުރާ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢު އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ) އާ ހަވާލުކުރެވިފައިވަނީ މި އޮކްޓޫބަރު މަހުގެ 06 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާކޮށް، ދިއްދޫގެ އިތުރުން ހ.އ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިއްދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެއް ވަޢުދަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކޮށް، އައު އިމާރާތެއް ބިނާކުރުމެވެ. މި މަސައްކަތް ފެށިގެން ދިއުމަކީ އެ ވަޢުދު ފުއްދުމުގެ ދަށުން ކުރިއަށްދާ މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ދިއްދޫގައި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާއިރު، ދިއްދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ދެ މަޝްރޫޢަކީ ވެސް ދިއްދޫގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެކެވެ.


