ގުޅީފަޅު ކައިރިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް!
19 ޑިސެމްބަރު 2025 - 10:10

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވައި އިއްޔެ ފެނުނު މީހާއަކީ ޗައިނާ މީހެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އިއްޔެ ގުޅިފަޅު ކަނޑު ކައިރިން މަރުވެފައިވާ މީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފައިވާއިރު، މަރުވެފައިވަނީ ޗައިނާ އަށް ނިސްބަތްވާ އުމުރުން 38 އަހަރު ޗެންގް ޖިއާ ކަމަށެވެ.

Ad by Hajj Corporation
ފުލުހުން ބުނީ މި މީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި, އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ވަގުތު އޭނާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް މައުލޫމާތު ދީ އެ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ 13:32 އެހައިކަންހާއިރެވެ.
ފާއިތުވި ހަފުތާތަކުގައި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައިވެއެވެ.
ރާއްޖޭގައި ހިނގައިފައިވާ ބައެއް ހާދިސާތަކުގައި ކަނޑަށް މީހުން ގެއްލި، ބައެއް މީހުން ނުފެނި އެތައް ދުވަހެއްވެ، ހޯދުމުގެ މަސައްކަތް ހުއްޓާލާ ހިސާބަށް ވެސް ގޮސްފައިވެއެވެ.


