logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ހާއްސަ ސެމިނާއެއް

އިސްމާޢިލް ރާތިޢު
20 ޑިސެމްބަރު 2025 - 11:40
ފޮޓޯ: ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ
ފޮޓޯ: ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ

ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ޚާއްސަ ސެމިނާއެއް ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ފަށައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނީ މިސެމިނާއަކީ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕްގެ ބައިވެރިންނަށް ހާއްސަކޮށްގެން، ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމާ ބެހޭގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެމިނާއެކެވެ. މި ސެމިނާރުގެ ދެވަނަ ބައި މިއަދު ފަށާފައިވާއިރު ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ސެމިނާއަކީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގ ޔުނިވަރސިޓީ އާއި އޮސްޓްރޭލިއާގެ އާރްއެމްއައިޓީ ގުޅިގެން ކުރިއަށްގެންދާ ސެމިނާއެކެވެ. މި ސެމިނާގައި މައުލޫމާތު ދެއްވަނީ މި ދެ ޔުނިވަރސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.

އެ ވުޒާރާއިން ބުނިގޮތުގައި މިމަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މޯލްޑިވްސް "2.0" ސިޔާސަތުގެ ދަށުން ރާއްޖޭގެ ހިދުމަތްތައް ޑިޖިޓަލައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒޭޝަނަށް ހިޖުރަކުރުމަށް މަގުފަހިކުރުމަށްޓަކައި، ހިންގާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.

މި ސެމިނާގެ މައިގަނޑު މަގުސަދަކީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ސްކޮލަރޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތަކާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބޭނެއެވެ.

ދިވެހި ގައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދުފުޅެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވައި، 50 ދިރާސާވެރިންނަށް ފުރުސަތުދީފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ގައުމިއްޔަތުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ހާއްސަ ސެމިނާއެއްޚަބަރު | 5 ގަޑިއިރު ކުރިންދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވައިފިޚަބަރު | އަހަރެއް ކުރިން