ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވައިފި
17 ނޮވެމްބަރު 2024 - 15:19

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވައިފި އެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހަކީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖާ ގުޅިގެން ހުޅުވި އޮފީހެކެވެ.

Ad by Hajj Corporation
މިކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އެ އޮފީހާއެކު ގައުމިއްޔަތު ދިރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އަދި ދިވެހި ގައުމިޔަތުގެ އިސްވަރުގެ އޮފީސް ހުޅުވިގެންދިއުމުން ގައުމިއްޔަތު ދިރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަލުއިވެގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ. މި މަސައްކަތް ރަސްމީކޮށް ފެށުމަކީ ދިވެހި ޤައުމިއްޔަތަށް ހޭލުންތެރި އައު ޒަމާނެއް އައުންކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ދިވެހި ގައުމިއްޔަތުގެ އިސްވަރު ކޮލެޖު އެކުލެވިގެންވަނީ 5 ދާއިރާއަކަށެވެ. މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ އެ 5 ދާއިރާ އިފްތިތާހްކޮށްފަ އެވެ. އެއީ ދިވެހިބަހާއި، ދިވެހި ތާރީޚާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. މި ދާއިރާތައް ހިމެނޭގޮތުން ކޮލެޖުގެ ކައުންސިލެއް އުފައްދާ ކޮންމެ ދާއިރާއަކަށް އިސްވާރެއްވަނީ އައްޔަން ކޮށްފަ އެވެ.


