ސައްހަނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
އައިޝަތު ނަޝާ
21 ޑިސެމްބަރު 2025 - 08:25

ސައްހަނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަނީ ކެފޭއަކުން ފިރިހެނަކު އެއްޗެއް ގަތުމަށްފަހު އެއަށް ފައިސާ ދައްކާ ތަނެވެ.

Ad by Hajj Corporation
އެ ވީޑިއޯއިން ފެންނަ މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރުމަށްށެވެ.
މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ފުލުހުން ވަނީ އާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.


