ފޭސް 3 ގެ 40 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ، އެއީ މުޅި މަޝްރޫޢުގެ 63 އިންސައްތަ
21 ޑިސެމްބަރު 2025 - 09:50

ދެ ޑްރެޖަރާއެކު ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު މުޅި މަޝްރޫޢުގެ 63 އިންސައްތަ ހިއްކާ ނިންމާލައިފިއެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢުއާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރަމުން ދަނީ އެމްއޭސީއެލްގެ 100 އިންސައްތަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑުންނެވެ.

Ad by Hajj Corporation
.jpeg&w=3840&q=75)
އެމްއޭސީއެލް އިން ބުނީ، މި މަސައްކަތުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 40 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.
މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މިހާރުވަނީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީގެ ބޮޑު 2 ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ ގެނެސް ބިން ހިއްކަން ފަށާފައިވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
އެމްއޭސީއެލް އިން ބުނީ، މިހާރު މި މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ރިއާޔަތްކޮށް، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެމްއޭސީއެލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
.jpeg&w=3840&q=75)
ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި، ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުލުން ބާއްވާފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު، ކަލާފާނު ސްކޫލްގައެވެ.


