ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އެދިއްޖެ
21 ޑިސެމްބަރު 2025 - 10:13

ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް - މެޓް އޮފީހުން އެދިއްޖެއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވަރޭވެހުން އެކަށީގެންވާ ކަމަށެވެ.

Ad by Hajj Corporation
ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ނިމުތުކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން އިންޒާރުކުރެއެވެ.
މިމަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް އިރުވައި މޫސުމުގެ މުލަހަޅަ ޖަހަންފަށާފައިވީ ނަމަވެސް މެޓް އޮފީހުން އިރުވައި މޫސުން ފެށުނު ތާރީޚެއް ކަމަށް ބުނެފައި ވަނީ 2025، ޑިސެމްބަރު 17 ވަނަ ދުވަހެވެ.
މިހާރު މިއީ އިރުވައިގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތެވެ.
މުލަ ނަކަތް ކުރިއަށްދަނީ ޑިސެމްބަރުމަހުގެ 10 އަކުން ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.
މުލަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
ދެ މޫސުން ބެދޭ ހުޅަނގުގެ "ދޮށަ" އާއި އިރުވައިގެ "މުލަ" ނަކަތް ނިމި މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އިރުވައިގެ ހަޅަ ރަސްމީކޮށް ލައިގަންނަ ފުރަހަޅަ އޮތީއެވެ.
ހަޅަ ފަށަނީ ފުރަހަޅައިގެ މެދާ ހަމައިން އުތުރު ހަޅައިގެ ނިޔަލަށް ނުވަތަ ހުވަން ނަކަތުގެ ފެށުމުން ނެއްޓި މެދާ ހަމަށް ދެމޭ ދުވަސްތަކެވެ. ނުވަތަ ޖަނަވަރީން 25، 26 ވަނަ ދުވަހާ ހަމައަށެވެ.
ސަރަހައްދުގައި އުފެދޭ ތޫފާނެއް، ނުވަތަ ރާއްޖެ މަތީގައި އުފެދޭ ބޯ ވިލާގެ ކޮޅިގަނޑުތަކެއް ހިމެނޭ އެކުވުމެއްގައި އަންނަ މޫސުމީ ބޮޑު ބަދަލަކާ ކުރިމަތި ނުވެ، އާންމު ހާލަތެއްގައި ރާއްޖޭގެ މޫސުމަށް އަންނަ އިރުވައިހަޅައިގެ ވިލާގަނޑާއެކު މާ ވައި ބާރު ނޫން އެކަމަކު ވާރޭ ބޯ ގަދަ ކޮޅިގަނޑުތައް އާދެއެވެ. މައިގަނޑު ގޮތެއްގައި ވައި ހުންނާނީ އިރުމަތީ ފަރާތާއި ހުޅަނގަށް ބަދަލު ވޭވެއެވެ. ބައެއް ފަހަރަށް ސީދާ މުރިނގާއި ޖައުޒާ ގައި ވެސް ވައި ހުންނާނެއެވެ.
އެކަމަކު ވަރަށް ގިނަ ފަހަރަށް ދިޔަވަރު ފޫދޭން ދާ ގަޑިތަކުގައި ރޯޅި އިރު އުތުރަށް ބަދަލުވެއެވެ. ދުނިޔޭގެ ދެކުނާއި އިރުމަތީން ބައިކޮށް އިރުމަތީ ބިތް، ނުވަތަ ސަމުގާގެ އީރާނަށް ބަދަލުވެއެވެ. އެ ހާލަތުގެ ބޯ ކެރިގަނޑުގައި ގަސްގަހާގެހި މުލުން ލުހިގެން އައުމަކީ އެކަށީގެންވާ ކަމެވެ.
އިރުވައި ހަޅައިގެ އެންމެ ބާރުގަދަ ހިސާބަކީ ޑިސެމްބަރު 23 އިން ފެށިގެން އުތުރުހަޅަ ނިމޭން ދެނެވެ.


