logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންގެ ރައީސް، މިރޭ ހުޅުމާލެ - 1ގެ ރައްޔިތުންގެ ގާތަށް!

ޒިދާން މުޙައްމަދު
21 ޑިސެމްބަރު 2025 - 12:42
ރައީސް މުޢިއްޒު ޅައިމަގު ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު ޅައިމަގު ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ -1 ގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވަން ތައްޔާރުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 21 ވާ އާދީއްތަ ދުވަަހުގެރޭ 8:30ގައި ރެހެންދި ސްކޫލްގައި އޮންނާނެ ކަމަށެވެ.

ހުޅުމާލެ - 1ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު، ރައީސް އޮފީހުން ވަނީ ފޮނުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނުގެ އިތުރަށް ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.

އެފަހުން ގަލޮޅު ރައްޔިތުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ ހުޅުމާލެ - 2 ގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ރައީސް، މިރޭ ހުޅުމާލެ - 1ގެ ރައްޔިތުންގެ ގާތަށް!ޚަބަރު | 3 ގަޑިއިރު ކުރިންތާނައިގެ އަތުލިޔުމުގެ މުބާރާތް ހައިބަތު ބޮޑު ގައުމީ މުބާރާތަކަށް ހަދަނީޚަބަރު | 5 ގަޑިއިރު ކުރިންދިވެހި ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބާއްވަނީޚަބަރު | 9 ގަޑިއިރު ކުރިން