logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަކުއްޖަކު ވިއްކަން ޓިކްޓޮކުގައި ޖެހި މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ވެސް ވަނީ ފަށާފަ

ޢައްފާން މުޙައްމަދު
22 ޑިސެމްބަރު 2025 - 06:59
ކުޑަކުއްޖަކު ވިއްކަން ޓިކްޓޮކުގައި ޖެހި މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ވެސް ވަނީ ފަށާފަ

ބައެއް ދިވެހިން އިޖްތިމާއީ މިންގަނޑާ ޚިލާފަށް ބޭނުންކުރަމުންދާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމުގައިވާ ޓިކްޓޮކުގައި ކުޑަކުއްޖަކު ވިއްކަން ޖެހި މައްސަލަ ބެލުމުގައި ސަރުކާރުން ވެސް އަދި މުއައްސަސާތަކުންވެސް އިހުމާލުވެފައި ނުވާކަމަށާއި، އެ މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ވެސް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެރޭ ބޭއްވި ބައްދަލުކުރެއްވުމުގައި، މި މައްސަލައިގައި ޝާމިލުވާ ކުޑަކުއްޖާގެ މަންމަ ކުރިމަތިކުރުވި ސުވާލުތަކާއި ފާޅުކުރި ކަންބޮޑުވުންތަކަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓިކްޓޮކް ލައިވެއްގައި، އުމުރުން 13 އަހަރުގެ އަންހެންކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބިގެން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް މިދިޔަ އޮގަސްޓު މަހު ބުނެފައި ވެ އެވެ.

ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގަށް އެ މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެ މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށް ބުނެ، އެ ކުއްޖާގެ ފޮޓޯ ވެސް ޓިކްޓޮކްގައި އާންމުކޮށްފަ އެވެ. އެ މީހާ ކުއްޖާގެ ފޮޓޯ އާންމުކޮށް، ވިއްކާލާނެ ކަމަށް ޖެހީ ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގައެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުއްޖާގެ މަންމަ ވަނީ، ކުއްޖާ ވިއްކާލަން އިއުލާނުކުރި މީހާ ހުރީ ދޫކޮށްލާފައި ކަމަށާއި އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތުމުން އެ މައްސަލަ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ ކަމަށާއި އެކަމަކު އޭނާގެ ދަރިފުޅަށް މިފަދަ ކަމެއް ދިމާވުމުން އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ ނުރުހުން ފާޅުކުރި އެވެ.

މި ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، މި މައްސަލައިގެ މައުލޫމާތު ލިބިވަޑައިގަތީ މީޑިއާއިން ކަމަށާއި، އެއާއެކު އެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ހޯއްދެވި ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމަށް މީޑިއާ އިން ފެނުމާ އެކު، އެ މައްސަލައިގެ ތަހުގީގު ހޯދިން. އެ ވަގުތު އެ މީހާ ދޫކޮށްލާފައި ހުރި ނަމަވެސް އޭނާ ހައްޔަރުކުރެވި އޭނާގެ މައްޗަށް ވަނީ ތަހުގީގު ކުރިއަށް ގެންދެވި، ޖިނާއީ ދައުވާ މިހާރު ކޮށްފައި. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް މިހާރު ވަނީ ބޭއްވިފައި - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތަކަކީ ވަރަށް އިސްކަމެއް ދެއްވައިގެން ބައްލަވާ ކަންތައްތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މައްސަލައިގައި ސަރުކާރުގެ ތެރެއިން އެއްވެސް އިހުމާލެއް ވެފައި ނެތް ކަމަށެވެ. މިފަދަ މައްސަލަތަކުގައި އަމިއްލަފުޅު ދަރިންނާއި އެހެން ކުދިންނާ ވެސް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް މިފަދަ މައްސަލައެއްގައި އެއްވެސް ތަފާތުކުރެއްވުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ޓިކްޓޮކްގައި ކުޑަކުއްޖަކު ވިއްކަން ޖެހި މައްސަލައެއްގައި އެ ކުއްޖާގެ މަންމަ، ރައީސް އާ އެކަމުގެ ކަންބޮޑުވުން ހިއްސާކުރިއިރު، މީގެކުރިން ވެސް ޓިކްޓޮކްގައި މިފަދަ އެތައް ކަމެއް ހިނގައިގޮސްފައިވެއެވެ. މީހުންގެ އަބުރަށް އަރައިގަތުމާއި، އިޖްތިމާއީ މިންގަނޑާ ޚިލާފު އެތައް އަމަލެއް އެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިން އަންނަނީ ހިންގަމުންނެވެ.

މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއްކަން ފާޙަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ދާއިރާ ތަރައްގިކުރުމަށް 3 ހަރަކާތެއް އިފްތިތާހުކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންކުޑަކުއްޖަކު ވިއްކަން ޓިކްޓޮކުގައި ޖެހި މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ވެސް ވަނީ ފަށާފަޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް 2.0 އަކީ ހިންގުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވާނެކަމެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންއަހަރެއް ވެފައިވާ ވާނުވާ ބަންދުގެ މައްސަލަތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމަނީޚަބަރު | 12 ގަޑިއިރު ކުރިން