logo
Bank of Maldives

Bank of Maldives

ޚަބަރު

މާލީ ދާއިރާ ތަރައްގިކުރުމަށް 3 ހަރަކާތެއް އިފްތިތާހުކޮށްފި

އާމިނަތު ޝަފާ
22 ޑިސެމްބަރު 2025 - 07:06
މާލީ ދާއިރާ ތަރައްގިކުރުމަށް 3 ހަރަކާތެއް އިފްތިތާހުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި އަދި ޤައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ސްޓެރެޓެޖީތައް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބާރސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ތަޢާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ.

މި ރަސްމިއްޔާތުގައި އިފްތިތާހު ކުރެވިގެންދިޔަ ސްޓްރެޓެޖީތަކަކީ ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްޤީކޮށް އިތުރުށް ފުޅާކުރުމުގެ އެޖެންޑާގެ ދަށުން އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ. މި ސްޓްރެޓެޖީތަކާއެކު، އެންމެން ބައިވެރިވާ، ހަރުދަނާ އަދި ގައުމީ ތަރައްޤީއަށާއި، އިޖްތިމާއި އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް އުފެދިގެންދާނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. މާލީ ބައިވެރިވުމަކީ ހަމައެކަނި މާލީ ޚިދުމަތް ފޯރުކޮށްދިނުމަށްވުރެ ފުޅާ ދާއިރާގެއްގައި ކުރަންޖެހޭ މަސައްކަތެއްކަން ދެނެގަނެ، މި ސްޓްރެޓެޖީގައި ސަމާލުކަން ދީފައިވާނީ މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި، މައުލޫމާތާއި، އިތުބާރު ފަރުދުންނާއި ވިޔަފާރިތަކަށް ހޯދާ ދިނުމަށެވެ. އެގޮތުން، އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއް މި ސްޓެރެޓެޖީގައި ވަނީ ދީފައެވެ.

ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް

ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕްއިން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ވެސް މިއަދު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

މިކުންފުނި އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

"ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަކީ ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ޚިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗަރއެއް ގާއިމް ކުރުމުގެ މަގުސަދުގައި މަރުކަޒީ ބޭންކުން އުފެއްދި ކުންފުންޏެކެވެ.

ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު، މި ދެ ސްޓްރެޓެޖީގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ މާލީ ނިޒާމުގެ ހަމެޖެހުން ކަށަވަރުކުރުމާއި، ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އަމާޒުކަމަށެވެ.

" ހަމަ މިއާއެކު، އަޅުގަނޑުމެން މިއަދު މި ފެށީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް މާލީ ނިޒާމްގެ ދައުރު ފުޅާކުރުމުގެ މަސައްކަތް. މާލީ ޚިދުމަތްތައް ފުޅާކޮށް އަދި ފައިނޭންސް ދެމެހެއްޓެނިވި ތަރައްޤީއާ ގުޅުވައިގެން، އަޅުގަނޑުމެން މިވަނީ މުޅި ރާއްޖެއަށް ކުރިއެރުމާއި، ހަރުދަނާކަމާއި، ފުރުސަތުތައް ފަހިކޮށްދޭ މައިގަނޑު ވަޞީލަތެއްގެ ގޮތުގައި މާލީ ދާއިރާ ބައްޓަންކޮށްފަ." މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، މި ދެ ސްޓްރެޓެޖީގެ ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން މުހިންމު ކަމަށެވެ.

މިއަދު އިފްތިތާހު ކުރެވުނު ސްޓެރެޓެޖީތަށް ފާހަގަކުރެވެނީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމުގެ ރާއްޖެއިން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވިފައިވާ ތަރައްޤީއަށް އެހީތެރިވެދޭ، ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުއަޅާ، އިޤްތިޞާދީ ތަރައްޤީއަށް ބާރުލިބޭ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ މުހިންމު އަމާޒެއްކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ދާއިރާ ތަރައްގިކުރުމަށް 3 ހަރަކާތެއް އިފްތިތާހުކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންކުޑަކުއްޖަކު ވިއްކަން ޓިކްޓޮކުގައި ޖެހި މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ވެސް ވަނީ ފަށާފަޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް 2.0 އަކީ ހިންގުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވާނެކަމެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންއަހަރެއް ވެފައިވާ ވާނުވާ ބަންދުގެ މައްސަލަތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމަނީޚަބަރު | 12 ގަޑިއިރު ކުރިން